މާފުށީ ސްކޫލް
ދިވެހިރާއްޖެ
މަރާމާތު

މިސްކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުވެރިވާ ފަރާތްތަކުން އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 13ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 15 ޖޫން 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ފޮނުއްވުން އެދެމެވެ.
  3. ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 21 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

 

                                                                                                                                                                               

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މާފުށީ ސްކޫލް / ކ.މާފުށި، ހަވީރީހިނގުން

ފޯނުނަންބަރު 7920287

އީމެއިލް: [email protected]

 

 

          

08 ޖޫން 2022
ހޯދާ