މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތަށް ބޭރުގައި އަށިއެޅުމާއި ވަށާ ފެންސް ޖެހުމަށް ބޭނުންވާ ތަކެތި ހޯދުމަށް

މި އިޢުލާންވަނީ 09 ޖޫން 2022 11:49 ގައި ބާތިލް ކުރެވިފައެވެ.


ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތަށް ބޭރުގައި އަށިއެޅުމާއި ވަށާ ފެންސް ޖެހުމަށް ބޭނުންވާ ތަކެތި ހޯދުމަށް ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގައި މިނިސްޓްރީ އޮފް ނޭޝަނަލްޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

 

އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 14 ޖޫން 2022 ވާ އަންގާރަ ދުވަހުގެމެންދުރު 11:00ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުންއެދެމެވެ.

 

ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 15 ޖޫން 2022ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

07 ޖޫން 2022
ހޯދާ