ފުޅަދޫ ސްކޫލް/ ބ.ފުޅަދޫ
ދިވެހިރާއްޖެ
2023-2022 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

 2023-2022 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ، ގްރޭޑް 1 އަދި އެހެން ގްރޭޑްތަކަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ ، ޔޫ.ކޭ.ޖީ އަދި ކީސްޓޭޖް 1 ގެ ގްރޭޑް 1 އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލުތަކާއި އެއްގޮތަށެވެ.

ޢުމުރު ފުރާ

ގްރޭޑް

2022  ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

އެލް. ކޭ. ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން

ޔޫ. ކޭ. ޖީ

2 އަހަރުގެ ޕްރީސްކޫލް ޕްރޮގްރާމް ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން.

ގްރޭޑް 1

 

     "އެލް.ކޭ.ޖީ އަށް ދަރިވަރުން ވައްދަންއެދޭ ފޯމު" އަދި "އެލް.ކޭ.ޖީ ފިޔަވައި އެހެނިހެން ގްރޭޑްތަކަށް ކުދިން ވަނުމަށް
އެދޭ ފޯމް" 2022 ޖޫން 07 ވަނަ ދުވަހުން ފެށިގެން ސްކޫލް އޮފީހުން ދޫކުރަމުން ދާނެ ވާހަކަ ދަންނެވީމެވެ.

    ވީމާ، 2022 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން "2022-2023 ވަނަ އަހަރު "އެލް.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު،  ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެއްޗާއި އެކު މިސްކޫލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް ސްކޫލްގެ އިދާރާއިން 2022 ޖޫން 07 ވާ އަންގާރަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން 12:00 އަށް ލިބެން ހުންނާނެއެވެ.

07 ޖޫން 2022
ހޯދާ