ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާބެހޭ

           1443 ވަނަ އަހަރު ރަމަޟާން މަހު ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ ކަދުރުގެ ތެރެއިން ކުޅުދުއްފުށީ ސިޓީ އަށް ލިބިފައިވަނީ 1400 ޕެކެޓް ކަދުރެވެ.

     އެންމެ ފުރަތަމަ ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީގައި ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 76 ގޭބިސީއަށެވެ. މި 76 ގޭ ބިސީއަށް ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ދިނުމަށްފަހު ބާކީވާ  1324 ޕެކެޓް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ މިކަމަށް އެދޭ ފަރާތްތަކަށް އިސްކަންދޭ އުޞޫލުން ކޮންމެ ގޭބިސީއަކަށް (ގެއަކަށް) 1 ޕަކެޓް ކަދުރު ދޭ އުޞޫލުންނެވެ.  

     ވީމާ ކަދުރު ބޭނުންވާ ގޭބިސީތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކުގައި އަމީރު އަމީން ސްކޫލަށް ވަޑައިގެން ކަދުރާ ޙަވާލުވުން އެދެމެވެ. ކަދުރު ބަލައި ވަޑައިގަންނަވާއިރު ޙަވާލުވާ ފަރާތުގެ އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުން އެދެމެވެ.

ދުވަސް

މެންދުރު ކުރި

މެންދުރު ފަސް

8 ޖޫން 2022  ބުދަ

9:00 ން 12:00 އަށް

14:00 ން 16:00 އަށް

9 ޖޫން 2022  ބުރާސްފަތި

9:00 ން 12:00 އަށް

14:00 ން 16:00 އަށް

06 ޖޫން 2022
ހޯދާ