ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރެސްމާތޮޑާ ބަނދަރުމަތީގައި ކަރަންޓް ފޮށިތައް ބެހެއްޓުމުގެ މަސައްކަތް

އިޢުލާން ނަމްބަރ:  (IUL)423/INDIV/2022/30 

 

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

ފަރެސްމާތޮޑާ ބަނދަރުމަތީގައި ކަރަންޓް ފޮށިތައް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރި ވެލައްވާ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުން 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހު 11:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޖޫން 2022  ވާ ބުދަ ދުވަހު 11:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރެސްމާތޮޑާ ބަނދަރުމަތީގައި ކަރަންޓް ފޮށިތައް ބެހެއްޓުމާއި ގުޅޭ "މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި މިމަސައްކަތާއި ގުޅިގެން ދެވޭ މަޢުލޫމާތު ފޯމުގައިވާ މަޢޫލޫމާތާއި ޚިލާފަށް ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޛުލްގައިދާ   1443

06 ޖޫން      2022

06 ޖޫން 2022
ހޯދާ