ދިވެހިރާއްޖެ
އިއުލާން
މިނިސްޓްރީގެ ޕީސީތައް އަޕްގްރޭޑް ކޮށްދޭން ފަރާތެއް ހޯދުން
މި މިނިސްޓްރީގެ ބައެއް ޕީސީތައް އަޕްގްރޭޑް ކުރަން ބޭނުންވާތީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް އަދި މައުލޫމާތު ސެޝަންގައި ބައިވެރިވެލެއްވުމަށް 2022 ޖޫން 12 ގެ 11:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2022 ޖޫން 12 ގެ 13:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2022 ޖޫން 16 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ.
މައުލޫމާތު ކަރުދާސް އަދި ޖަދުވަލްތައް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އީމެއިލް ކުރައްވާނެ ވާހަކަ ދަންނަވަމެވެ.