ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަޖިސްޓަރީ ކުރެވިފައިވާ ގެތަކުގެ ނަންބޯޑު ހަރުކުރުމާއި ގުޅޭ

ރަޖިސްޓަރީ ކުރެވިފައިވާ ގެތަކުގެ ނަންބޯޑު ހަރުކުރުމާއި ގުޅޭ

          މޯލްޑިވްސް  ބިއުރޯ  އޮފް  ސްޓެޓިސްޓިކްސްއިން  ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މިއަހަރުގެ މަސައްކަތް 17 ސެޕްޓެމަބަރް 2022 ވަނަދުވަހު ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގައި އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ތަފާސްހިސާބު ބެލުމަށް، ގޭގެއަށް ޒިޔާރަތް ކުރަމުން ގެންދާއިރު ގޯތިތައް ދެނެގަތުމަށްޓަކައި ގޯތީގެ ނަން ފަސޭހައިން ކިޔަން އެނގޭނެގޮތަށް ޖަހާފައި ހުރިކަން ކަށަވަރުކުރަންޖެހެއެވެ. އަދި ގޯތިދޫކުރުމުގެ އުސޫލުގައި ވެސް ގޯތީގެ ނަންބޯޑު ޖެހުމަކީ ލާޒިމްކޮށްފައިވާ ކަމެކެވެ.

                   އެހެންކަމުން ހދ.ކުމުންދޫ ގައި ނަންބޯޑު ހަރުކޮށްފައި ނެތް ގޯތި ތަކުގައި 31 އޮގަސްޓް 2022ގެ ނިޔަލަށް ނަންބޯޑު ހަރުކުރުމަށް ދަންނަވަމެވެ. އަދި ގޯތީގެ ނަން ބޯޑު ހަރުކުރާ އިރު، ގޯތީގެ ނަން ފަސޭހައިން ކިޔަން އެނގޭނެގޮތަށް ޖަހާފައި ހުރުމާއި ރަޖިސްޓަރީކޮށްފައިވާ ނަން ޖެހުމަށް ސަމާލުކަންދޭންވާނެއެވެ. ގޯތީގެ ނަންޖެހުމުގައި ރަޖިސްޓަރީ ކޮށްފައިނުވާ ނަމެއް ނުވަތަ ރަޖިސްޓަރީގައިވާ ނަމަށް ނަންބަރެއް އިތުރުކޮށް ޖެހުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.

                                  ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.       

                    06  ޛުލްޤައިދާ   1443ހ

                     06  ޖޫން     2022މ

 

06 ޖޫން 2022
ހޯދާ