އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ ކައުންސިލްގެ ރަސްމީ ލޯގޯ އަދި ދިދަ (ބްރޭންޑް ކިޓް) ފަރުމާ ކުރުން

ޢިއުލާން

އއ.ފެރިދޫ ކައުންސިލްގެ ރަސްމީ ލޯގޯ އަދި  ދިދަ (ބްރޭންޑް ކިޓް) ފަރުމާ ކުރުން

އއ.ފެރިދޫ ކައުންސިލްގެ ރަސްމީ ލޯގޯ އަދި ދިދަ (ބްރޭންޑް ކިޓް) ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ހުށައަޅާ ހުށައެޅުންތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެ މަތިން ޕޮއިންޓް ލިބޭ ޑިޒައިނަކަށް 5000.00 ރުފިޔާގެ ފައިސާގެ އިނާމު ދެވޭނެއެވެ. މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުން 100%(ސަތޭކަ ޕަސެންޓް) މާކްސް ދީގެނެވެ.

ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ ކަންތައްތަށް:

-          މައިގަނޑު ކުލަ ކަމުގައި މަޑުނޫކުލަ ބޭނުން ކުރުން.

-          ފަރުމާ ކުރެވޭ ލޯގޯ އަކީ މުޅިން އައު އަމިއްލަ ވަންތަ ލޯގޯ އަކަށްވުން.

-          ލޯގޯ އަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށް ނުވުން.

-          ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ލެޓަރ ހެޑް، ބިޒްނަސް ކާޑް، ސްޓާފް ކާޑް، ދިދަ، ވެބްސައިޓް ޕޭޖް، ޔުނިފޯމް އަދި ޖާރޒީ ފަދަ ތަކެތީގައި ބޭނުން ކުރެވޭފަދަ ގޮތަކަށެވެ.

-          ލޯގޯ އަކީ ލަކުނޑި ނުވަތަ މަޢުދަނެއްގައި ފަސޭހައިން ކަނޑާނެގޭ އަދި ރޮދިން ފަސޭހައިން އެމްބްރޮއިޑް ކުރެވޭ ގޮތަކަށް ފަރުމާކުރެވިފައިވާ ލޯގޯ އަކަށްވުން.

ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތަށް

-         އުފެއްދުންތެރިކަން %20

-         ކުލަތަށް ގެނެސްފައިވާ ގޮތް %40

-         ހިމަނަންޖެހޭ ބައިތަށް ހިމަނާފައިވާ ގޮތް %20

ހުށައަޅާ ޑޮކިއުމަންޓްތަށް [email protected]  އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

                    ވީމާ، 2022 ޖޫން 20 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޑޮކިއުމަންޓްތަށް ހުށައެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 2022 ޖޫން 13 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން [email protected]  އަށް މެއިލް ކުރަށްވާ މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

                                                 

 

                                                      

05 ޖޫން 2022
ހޯދާ