މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށީ ޤަބުރުސްތާން ފާރު މަރާމާތު ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

                އޭދަފުށީ ޤަބުރުސްތާނު ފާރު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކޮށްފައިވާ ނަމްބަރ: (IUL)320-FNP/320/2022/58  (26 މޭ 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާފައިނުވާތީ، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

    

                 ވީމާ މިކަން ކުރުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް  މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

         މަޢުލޫމާތު ދިނުން

     އަންދާސީ ހިސާބު ހުށަހެޅުން

09 ޖޫން  2022 ވާ ބުރާސްފަތި  ދުވަހުގެ  11:00 އަށް

15  ޖޫން  2022 ވާ  ބުދަ   ދުވަހުގެ 11:00 އަށް

 

                  މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ޙާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަނުގެ ސެޓްފިކެޓްގެ ކޮޕީއެއް ގެންނަނަވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަނުގެ ސެޓްފިކެޓާއި،ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. އަދި، ދަންނަވަމެވެ. މިފަދަ ލިޔުމެއްނެތި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެވެންނެތް ވާހަކަ ދެންނެވީމެވެ.

                 އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްއާއި،ފެކްސްގެ ޒަރީއާއިން ފޮނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލުމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                      މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ މިނިސްޓްރި އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ޤާނޫނު ނަމްބަރ: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނި ތަކަށާއި،ޤާނޫނު ނަމްބަރ:19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                      06  ޛުލްޤައިދާ  1443ހ

                      05  ޖޫން     2022މ                            

05 ޖޫން 2022
ހޯދާ