ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2022 ގެ ޝަކުވާ ހުށަހެޅުމުގެ ނިޒާމް ޤާއިމުކުރުން

11 ޖޫން 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

އިންތިޚާބާގުޅޭ ޝަކުވާތައް ބެލުމަށް ހަމަޖެހިފައިވަނީ، ގަވާއިދު ނަންބަރު: R-62/2022 (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިތީއަށް މެންބަރުން އިންތިޚާބުކުރުމުގެ ގަވާއިދު) ގެ ދަށުން ޤާއިމުކޮށްފައިވާ ޢާންމު މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުން އެކުލެވޭ "ޝަކުވާ ބަލާ ކޮމިޓީ" އިންނެވެ. މި ކޮމިޓީއަށް އިންތިޚާބާބެހޭ ކޮމިޓީއިން ޢައްޔަނުކޮށްފައިވަނީ އަންނަނިވި ފަރާތްތަކެވެ.

  1. އަލްއުސްތާޛާ ޒިމްނާ ޢަބްދުލްމުޙްސިން (24/2005)
  2. އަލްއުސްތާޛު ޙުސައިން ވަޙީދު (2009/27)
  3. އަލްއުސްތާޛު ޢަބްދުއްސަލާމް ލުޠުފީ (2019/52)

އިންތިޚާބާގުޅިގެން އެކުލަވާލާފައިވާ ޝަކުވާ ބަލާ ކޮމިޓީން 2 ޖޫން 2022 ގައި ބޭއްވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި އެ ކޮމިޓީގެ ޗެއަރޕާސަންގެ މަޤާމަށް އަލްއުސްތާޛާ ޒިމްނާ ޢަބްދުލްމުޙްސިން އަދި ވައިސް ޗެއަރޕާސަންގެ މަޤާމަށް އަލްއުސްތާޛު ޙުސައިން ވަޙީދު ޢައްޔަނުކޮށްފައިވެއެވެ.

އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 11 ޖޫން 2022 ވާ ހޮނިހިރު ދުވަހު ވޯޓުގެ ވަގުތީ ނަތީޖާ އިޢުލާނުކުރުމާ ހަމައަށެވެ. އިންތިޚާބާގުޅޭ ޝަކުވާތައް ތިރީގައިވާ ލިންކުގައިވާ ފޯމު މެދުވެރިކޮށް، 11 ޖޫން 2022 ވާ ހޮނިހިރުދުވަހުގެ 11:15 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ޝަކުވާ ފޯމް ލިންކް:  https://forms.office.com/r/RS2wQNd1PN

05 ޖޫން 2022

04 ޖޫން 2022
ހޯދާ