މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް އާންމުކުރުން

އިޢުލާން

އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް

ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް އާންމުކުރުން:

މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ނަންބަރު 22EDF22/2022/73  އިޢުލާނާ ގުޅިގެން، އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަރުތީބު ވަގުތީ ލިސްޓް 2022 ޖޫން 04 އިން ފެށިގެން ގެޒެޓްގައި ޝާއިޢު ކޮށްފީމެވެ. އަދި މި ލިސްޓް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ވެލާނާގެ 8 ވަނަ ފަންގިފިލާގެ ނޯޓިސްބޯޑް ގައާއި، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ/ އެދުރުހިޔާ 9 ވަނަ ފަންގިފިލާގެ ނޯޓިސް ބޯޑްގައި އަދި އެދުރުވެހީގެ ނޯޓިސް ބޯޑުގައި ބެހެއްޓުމުގެ އިތުރަށް، މިމިނިސްޓްރީގެ ވެބްސައިޓް  www.moe.gov.mv ގައި 2022 ޖޫން 04 އިން ފެށިގެން ޝާއިޢު ކޮށްފީމެވެ.

ވީމާ، މި ދެންނެވި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، 2022 ޖޫން 05 އިން ފެށިގެން ރަސްމީ ބަންދުނޫން 10 ދުވަހުގެ ތެރޭގައި، 2022 ޖޫން 05 އިން 16 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑު ގެ އިދާރާ/ އެދުރުހިޔާ 9 ވަނަ ފަންގިފިލާގެ ކައުންޓަރަށް ވަޑައިގެން ނުވަތަ އީމެއިލް [email protected] އަށް ލިޔުމުން ޝަކުވާ ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341195 އަށް ނުވަތަ 3341232 ފޯނަށް ގުޅުއްވުން އެދެމެވެ. 

04 ޛުލްޤައިދާ 1443

04  ޖޫން   2022

04 ޖޫން 2022
ހޯދާ