މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ތިންވަނަ ފިޔަވަހީގެ ލޯނަށް އެދުމުގެ ފުރުޞަތު އިތުރު ކުރައްވައިފި

ފިޝަރީޒް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން އުޅަނދު ތަރައްޤީކޮށް މަހަށް ނިކުތުމަށް ބާރުއެޅުމުގެ ގޮތުން ދޫކުރާ ލޯނު ދޫކުރުމުގެ ތިންވަނަ ފިޔަވަހީގެ ލޯނަށް އެދުމުގެ ފުރުޞަތު އިތުރު ކުރައްވައިފި

ފިޝަރީޒް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން އުޅަނދު ތަރައްޤީކޮށް މަހަށްނިކުތުމަށް ބާރު އެޅުމުގެ ގޮތުން ލޯން ނެގުމަށް އެދޭ ފަރާތްތަކަށް 17 ޖުލައި 2014 ގައި ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލި ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު 14 ސެޕްޓެންބަރު 2014 އަށް ހަމަވެފައިވާތީ އެލޯނަށް އެދުމަށް އިތުރު ފަރާތްތަކަކުން އެދެމުންދާތީ، ލޯނަށް އެދުމުގެ މުއްދަތަށް އިތުރު 02 މަސްދުވަސް އިތުރުކޮށް 15 ސެޕްޓެންބަރު 2014 ގައި ހުޅުވާލައިފީމެވެ.     

މިފިޔަވަހީގެ ދަށުން ދޫކުރާ ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވާ ޖުމުލަ އަދަދަކީ 8.8 (އަށެއް ޕޮއިންޓް އަށެއް މިލިޔަން ރުފިޔާ) އެވެ.

މިފިޔަވަހީގެ ދަށުން ދޫކުރެވޭ ލޯންތައް އަމާޒުކުރެވޭނީ، ޒުވާން މަސްވެރިންނާއި އޮޑިވެރިން އިތުރުކުރުމަށް މަސްދޯނިފަހަރު ބަނުމުގައި ތަކެތީގެ ޚަރަދުބޮޑުވުމާއި، ޒަމާނީ ވަސީލަތްތައް ހޯދުމާއި އަދި އުޅަނދަށް ބޭނުންވާ އިންޖީނު ހޯދުމުގައި މާލީގޮތުން ޒުވާނުންނަށް ދަތިތަކާއި ކުރިމަތިލާންޖެހޭތީ، ޒުވާނުން އޮޑިވެރިންނަށް ވުމަށް މަގުފަހިކޮށްދިނުމުގެގޮތުން 60 އިންސައްތަ ޒުވާނުންނަށް އަމާޒުކޮށްގެން މަސްވެރިކަންކުރުން އިތުރަށް ތަރައްޤީކުރުމަށް ލޯން ދޫކުރުމަށެވެ.

މި ފިޔަވަހީގެ ދަށުން ލޯނު ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްދޭ ލިޔުމާއި ލޯނަށް އެދޭ ފޯމު ސަރުކާރު ރަސްމީ ގަޑިތަކުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުންނާއި ބެންކް އޮފް މޯލްޑިވްސްގެ މެއިން ބްރާންޗުންނާއި އެބެންކުގެ ބާޒާރު ބުރާންޗުންނާއި އަދި އެބެންކުގެ ރާއްޖެތެރޭގެ ބުރާންޗްތަކުން ލިބެން ހުންނާނެއެވެ.

މިފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 16 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ ބެންކް އޮފް މޯލްޑިވްސްއިންނާއި އެ ބެންކުގެ ރާއްޖެތެރޭގެ ބުރާންޗްތަކުންނެވެ. ފޯމު ހުށަހެޅުމަށް ހުޅުވާލާ ތާރީޚުން ފެށިގެން ފުރަތަމަ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފޯމުތައް، މި މުއްދަތު ނިމުމުން ވަޒަންކުރުމަށްފަހު މިފޯމުތައް ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ. އަދި، މި މުއްދަތަށްފަހު ހުށަހަޅާ ޝަރުޠުހަމަވާ ފޯމުތައް ވަޒަންކުރެވޭނީ ލޯނަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަ އެންމެފަހު ތާރީޚަށް ފަހުގައެވެ. މި ފޯމުތައް ވަޒަންކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ.

19 ޛުލްޤަޢިދާ 1435

15 ސެޕްޓެންބަރު 2014
ހޯދާ