ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ ތިމާވެށީގެ ދުވާހާއި ގުޅިގެން އިންޖީނުލީ އުޅަނދު ދުއްވުން މަނާ ގަޑިތައް ކަނޑައެޅުމާއި ގުޅޭ

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް، ކަނޑައެޅުމަށް ނިންމަވާފައިވާތީ މި ހަރަކާތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުންވެސް ވަނީ ބައެވެރިވެފައެވެ. އެހެންކަމުން 4 ޖޫން 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް ކުޅުދުއްފުށީ ސިޓީގައިވެސް އިންޖީނުލީ އުޅަނދު ނުދުއްވޭ ގޮތަށް ހަމަޖެހިފައިވާތީ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް މި ފުރުޞަތުގައި ޝުކުރު ދަންނަވަމަވެ.  

03 ޖޫން 2022
ހޯދާ