ދިވެހިރާއްޖެ
(IUL)38-CB/38/2022/159 : ނަންބަރު
އިޢުލާން
ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބޭއްވުން
ކެންޑިޑޭޓުންގެ ގުރުއަތުނެގުމާ ގުޅޭ
2022 ޖުލައި 02 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ށ.ޅައިމަގު، ށ.ކޮމަންޑޫ، ކ.ތުލުސްދޫ އަދި އއ.ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވާ ތާރީޚު، ގަޑި އަދި ތަން މި ދަންނަވަނީއެވެ.
ގުރުއަތުނެގުން ކުރިޔަށްދާނެ ތާރީޚު، ގަޑި އަދި ތަން |
|||
ދާއިރާ |
ތަން |
ތާރީޚު އަދި ދުވަސް |
ގަޑި |
ށ. ޅައިމަގު |
ށ.ޅައިމަގު ކައުންސިލް އިދާރާ |
04 ޖޫން 2022، ހޮނިހިރު |
11:00 |
ށ. ކޮމަންޑޫ |
ށ.ކޮމަންޑޫ ކައުންސިލް އިދާރާ |
04 ޖޫން 2022، ހޮނިހިރު |
11:00 |
ކ. ތުލުސްދޫ |
ކ.ތުލުސްދޫ ކައުންސިލް އިދާރާ |
04 ޖޫން 2022، ހޮނިހިރު |
11:00 |
އއ. ތޮއްޑޫ |
އއ.ތޮއްޑޫ ކައުންސިލް އިދާރާ |
04 ޖޫން 2022، ހޮނިހިރު |
11:00 |
އަދި ދަންނަވަމެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުން އެދެމެވެ. އެހެން ނަމަވެސް، ކެންޑިޑޭޓު ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނުކުރީމެވެ.