ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
މިސްކޫލު ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއި ޓައީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  • މިސްކޫލު ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއި ޓައީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މިސްކޫލުން ދައްކާ ނަމޫނާއަކާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް އަދި ޓައީ ކުރިއަށް އޮތް ދެއަހަރަށް  ތައްޔާރުކޮށް، ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 02 ޖޫން 2022 އިން 08 ޖޫން 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

- ރަޖިސްޓްރީ ނަންބަރު.

- އީމެއިލް އެޑްރެސް.

- ގުޅޭނެ މޯބައިލް ނަންބަރު.

އަދި ދަންނަވަމެވެ. މިމުއްދަތުގެ ތެރޭގައި ބީލަން ހުށައެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެއެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން މިސްކޫލަށް ލިޔުމުން  ހުށަހެޅުއްވުން އެދެމެވެ. އަދި މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަންނަ ތާރީހާއި ގަޑި ތިރީގައި އެވަނީއެވެ.

 

 

މައުލޫމާތު ދިނުން

އަންދާސީ ހިސާބު ބަލައިގަތުން

ތާރީޙް: 12 ޖޫން 2022

ތާރީޙް: 19 ޖޫން 2022

ގަޑި: 11:00

ގަޑި 11:00

ތަން: ނޮޅިވަރަންފަރު ސްކޫލް އޮފީސް

ތަން: ނޮޅިވަރަންފަރު ސްކޫލް އޮފީސް

 

މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރަން ޙާޟިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • ނޮޅިވަރަންފަރު ސްކޫލް / ހދ. ނޮޅިވަރަންފަރު
  • ފޯން:  6520535
  • އީ-މެއިލް: [email protected]
02 ޖޫން 2022
ހޯދާ