ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާގެ އައު ޢިމާރާތް އަޅާ ބިމުގައި ހުރި ރުއްގަސް ނީލަން ކިޔުމާބެހޭ

 ކައުންސިލްގެ އިދާރާގެ އައު ޢިމާރާތް އަޅާ ބިމުގައި ހުރި ރުއްގަސް ނީލަން ކިޔުމާބެހޭ

 ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައިހުރި 01 ން 49 ށް ނަމްބަރު ޖަހާފައިވާ ރުއްތައް ކެނޑުމަށްޓަކައި ނީލަން ކިޔުން 11 ޖޫން 2022 ވާ ހޮނިހިރު ދުވަހުގެ މެންދުރު ކުރީ 10:00 ގައި އައުޢިމާރާތް އަޅާ ބިމުގައި އޮންނާނެއެވެ.

ނީލަމުން ނަންގަވާ ރުއްތައް 16 ޖޫން 2022 ދުވަހުގެ ކުރިން ފައިސާ ދެއްކެވުމަށްފަހު 23 ޖޫން 2022 ގެ ނިޔަލަށް ރުއްތައް ބުޑުން ކޮނެގެން ބުޑާއެކު ނެންގެވުމަށްފަހު ރުކުގެ ހުރިހާ ތަކެއްޗެއް ގެންގޮސް ތަން ސާފުކުރަން ވާނެއެވެ. 

ނީލަމުން ނަގާ ރުއްތަކަށް ފައިސާ ދެއްކުމަށްފަހު ކަނޑައި ސާފުކުރުމަށް ދެންނެވިފައިވާ މުއްދަތުގެތެރޭގައި އެކަން ނުކޮށްފިނަމަ އެރުއްތަކާމެދު މިއިދާރާއަށް ފެންނަ ގޮތެއްގެމަތީން ޢަމަލު ކުރެވޭނެއެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާނުކުރީމެވެ.

                  02 ޛުލްޤައިދާ 1443

                   02 ޖޫން 2022

02 ޖޫން 2022
ހޯދާ