މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ސަކުވާއެއްވޭތޯ ބެލުން

ޑިޖިޓަލް ޓެރިސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާޓިންގ ނެޓްވޯކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޕީއެސްއެމް އަށް މިރަށު ދުއްލިސާގޭ ދެކުނުން، ބަކަރި ކޮށިތަކުގެ އިރުން ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ވެރިފަރާތާމެދު އެއްވެސް ޝަކުވާއެއް ވޭތޯ ބެލުމަށް ބޭނުންވެއެވެ.

ވީމާ، އެސަރަހައްދުގައި މިއިދާރާއިން 1 ން 76 ށް ރަތްކުލައިން ކަނޑާ ނަންބަރު ޖަހާ، ރަތްބަންދު އަޅާފައިވާ ރުއްގަހުގައި އެރުއްގަހުގެ ވެރިފަރާތުގެ ނަމާއި ގޭ ނަންބަރު ނުވަތަ ގޭގެ ނަން ޖެއްސެވުމަށްފަހު އެކަން 09 ޖޫން 2022 ވާ ބުރާސްފަތި  ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް އެންގެވުމަށް ދަންނަވަމެވެ. މިގޮތަށް އަންގަވާއިރު އެތަކެތީގެ ލިސްޓެއް މިއިދާރާއިން ޖަހާފައިވާ ކަނޑާނަންބަރު އިގޭނެގޮތަށް ހުށަހެޅުމަށްވެސް ދަންނަވަމެވެ. އަދި މިރުއްގަހު މައްސަލައާއި ގުޅިގެން އެއްވެސް ފަރާތެއްގެ ސަކުވާއެއްވާނަމަ 15 ޖޫން 2022 ވާ ބުދަ  ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް އެކަން ލިޔުމަކުން  އެންގެވުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެތަކެތީގެ ނަންބަރު ޖަހާފައި ނުވާނަމަ އަދި ސަކުވާއެއް ނުވާނަމަ ބެލެވޭނީ އެތަކެތީގެ ވެރިފަރާތް ނުވަތަ ސަކުވާއެއް ނެތީކަމުގައެވެ.

     މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

02 ޖޫން 2022
ހޯދާ