ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުނިޔޭގެ ތިމާވެށި ދުވަސް ފާހަނގަކުރުމާއި ގުޅޭ

ކޮންމެ އަހަރެއްގެވެސް 5 ޖޫން ގައި ފާހަގަ ކުރާ ދުނިޔޭގެ ތިމާވެށި ދުވަސް މިއަހަރު ފާހަގަ ކުރުމުގެ ގޮތުން ތަފާތު ޙަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގެ ފަރާތުން ވަނީ އަންގަވާފައެވެ. މިއަހަރުގެ ދުނިޔޭގެ ތިމާވެށި ދުވަހުގެ ޝިއާރަކީ  "އޮންލީ ވަން އާރތް"އެވެ. އަދި މިއަހަރުގެ ދުނިޔޭގެ ތިމާވެށިގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާ ބަންދާއި ދިމާކޮށް 4 ޖޫން ގައެވެ. މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ފައިމަގުގައި އުޅުމަށްޓަކައި  4 ޖޫން 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް އިންޖީނުލީ އުޅަނދު ފަހަރު ނުދުއްވޭނެ ގޮތް ހެދުމަށް މިނިސްޓްރީން ނިންމާފައިވުމާއެކު މަތީގައި ބަޔާންކޮށްފައިވާ ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން 4 ޖޫން 2022 ވާ ހޮނިހިރު ދުވަހުގެ އެވަގުތުގައި، ގދ.ފިޔޯރީގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މަނާކަމެއްކަން އަންގާ އިޢުލާން ކުރީމެވެ.

02 ޖޫން 2022
ހޯދާ