ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް" ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމާގުޅޭ

މި އިޢުލާންވަނީ 02 ޖޫން 2022 12:25 ގައި ބާތިލް ކުރެވިފައެވެ.


"ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް" ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމާގުޅޭ

 

                  ކުމުންދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް" ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ކުމުންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 49 ވަނަ އާއްމު ބައްދަލަވުމުން ނިއްމާފައެވެ. މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޙަކީ 25 އޮގަސްޓް 2022 އެވެ. މުބާރާތުގެ ހިންގާ ޤަވައިދާއި މުބާރާތުގައި ބައިވެރިވުގެ ފުރުޞަތު އިޢުލާނު ކުރެވޭނެ ވަހާކަވެސް ދަންނަވަމެވެ.

                   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.      

                    02  ޛުލްޤަޢިދާ   1443ހ

                     02  ޖުލައި     2022މ

01 ޖޫން 2022
ހޯދާ