ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި ހދ އަތޮޅުގެ 12 ޞިއްޙީމަރުކަޒަށް ބޭނުންވާ ގޮނޑި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން - ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޕްރޮޖެކްޓްގެ ނަން: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި ހދ އަތޮޅުގެ 12 ޞިއްޙީމަރުކަޒަށް ބޭނުންވާ ގޮނޑި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

 

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި ހދ. އަތޮޅު 12 ސިއްޙީ މަރުކަޒަށް ބޭނުންވާ ގޮނޑި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު:  (IUL)KRH-PLD/2022/25  (31 މާރިޗު 2022) އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކުގެ އަގުތައް އެކަށިގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާނު ބާތިލްކޮށް، އަލުން އިޢުލާނު ކުރަމެވެ.ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް ދޭ ފަރާތަކީ ޚިދުމަތް ފޯރުކޮށް ދިނުމުގެ ހުއްދަ ލިބިފައިވާ، ދާއިމީ ގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައި ވުމާއި، ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 2 ޖޫން 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 12 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
  3. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާ ނަމަ 14 ޖޫން 2022 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ދެންނެވިފައިވާ އީމެއިލް އަށް ފޮނުއްވާ ދެއްވުން އެދެމެވެ.
  4. މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ.
  5. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

 

ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިން ރޫމް)

  • 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި
02 ޖޫން 2022
ހޯދާ