ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ "ދަސްވެނިންގެ ގުޅުން"ގައި ބައިވެރިވުމަށް ހުޅުވާލުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެލަމްނައި އެސޯސިއޭޝަން ނުވަތަ "ދަސްވެނިންގެ ގުޅުން" ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނީނަށް ރަޖިސްޓްރީވުމަށް ޢާއްމުކޮށް ހުޅުވާލަމެވެ. މި ގުޅުމުގައި ބައިވެރި ވެވޭނީ  ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މަދުވެގެން 6 (ހައެއް) މަސް ދުވަހު، ފުލްޓައިމްކޮށް ކިޔަވާފައި އަދި މިހާރު ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކުރަމުން ނުދާ މި ޔުނިވަރސިޓީގެ ދަސްވެނީންނަށެވެ.

މިއެސޯސިއޭޝަންގެ މަޤްޞަދަކީ އެހީތެރިކަމާއި އުޚްވަތްތެރިކަމާއި ވަފާތެރިކަމުގެ ރޫޙު ދަސްވެނީންގެ މެދުގައި އާލާކުރުމާއި، ދަސްވެނީންގެ ހައިބަތާއި ކަރާމަތާއި މަސްލަޙަތާއި ބޭނުންތެރިކަން ކުރިއެރުވުމާއި، ދަސްވެނީންގެ ލާބައަށް މަސައްކަތް ކުރުމާއި މި މަސައްކަތުގައި އެންމެން އެކަތިގަނޑަކަށް ވެގެން އެކުގައި ޙަރަކާތްތެރިވުމެވެ.

ވީމާ، މިއެސޯސިއޭޝަންގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަސްވެނީން ތިރީގައިމިވާ ލިންކް ފުރުއްވުމަށްފަހު، ފޮނުއްވައި ދެއްވުން އެދެމެވެ.

ރަޖިސްޓްރީވުމަށް: https://bit.ly/3GyzGaa

އެމް.އެން.ޔޫ އެލުމްނައި އެސޯސިއޭޝަންގައި ކުރިން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތައް ވެސް އަލުން ރީރެޖިސްޓަރ ވާންވާނެއެވެ. އެލުމްނައި އެސޯސިއޭޝަންގެ އައު ރަޖިސްޓްރީއަށް ވާނީ 1 ޖޫން 2022 ކުން ފެށިގެން ރެޖިސްޓްރީވާ ފަރާތްތަކަށެވެ.

 

01 ذُو ٱلْقَعْدَة 1443

01 ޖޫން 2022
ހޯދާ