މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިނގުރައިދޫ ކައުންސިލްގެ ބަށި މުބާރާތް 2022

އިނގުރައިދޫ ކައުންސިލްގެ ބަށި މުބާރާތް 2022 އާއިގުޅޭ

                  މިދާއިރާގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު ދިރުވާ، އިޖުތިމާޢީ ރޫހާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމަށް، އަދި ފެންވަރު ރަނގަޅު ބަށިބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމަށާއި، ޒުވާން ކުޅުންތެރިންނަށް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކައުންސިލުން އިންތިޒާމުކޮށް، އަންހެނުންނަށް ޙާއްސަ ބަށި މުބާރާތެއް ބޭވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މި ހިނގާ ޖޫން މަހުގެ 23 ވާ ބުރާސްފަތި ދުވަހު "އިނގުރައިދޫ ކައުންސިލްގެ ބަށި މުބާރާތް 2022" ގެ ނަމުގައި ބަށި މުބާރާތެއް  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން "އިނގުރައިދޫ ކައުންސިލްގެ ބަށި މުބާރާތް 2022 ގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު 15 ޖޫން 2022ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން އިނގުރައިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                 ފޯމް އިނގުރައިދޫ ކައުންސިލްގެ އިދާރާއިންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ލިބިވަޑައިގަންނަވާނެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ 09:00-13:00 އަށް މި ކައުންސިލް އިދާރާއިންނެވެ. އީމެއިލް މެދުވެރިކޮށް ފޯމް ފޮނުވާނަމަ  [email protected]އަށް މެއިލް ކުރެއްވުން އެދެމެވެ. ފޯމް ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 15 ޖޫން 2022 ވާ ބުދަ ދުވަހުގެ 13:00 ހަމައަށެވެ.

                މި އިޢުލާނާއިއެކު ކައުންސިލްގެ ބަށި މުބާރާތުގެ ޤަވާއިދު ޢާންމުކުރީމެވެ.

                މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޖޫން 2022
ހޯދާ