ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކުގެ އެކި ސަރަޙައްދުތަކުގައި ހުރި ރުއްތައް ވަރުވާއަށް ދޫކުރުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފުވައްމުލަކުގެ އެކި ސަރަޙައްދުތަކުގައި ހުރި ރުއްތައް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ މި ރުއްތައް ވަރުވާ އަށް ނެގުމަށް އެދޭ ފަރާތްތަކުން 01 ޖޫން 2022 އިން 09 ޖޫން 2022 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، [email protected] އިޢުލާން ނަންބަރާއި، ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލް (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ މިކަމާއި ގުޅިގެން 09 ޖޫން 2022 ގެ 10:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނަންނޯޓް ކުރެއްވުން އެދެމެވެ.

މި ރުއްތައް ވަރުވާ އަށް ދޫކުރުމާއިބެހޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 13 ޖޫން 2022 ވާ ހޯމަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862828، 6862829

  އީމެއިލް: [email protected]

31 މޭ 2022
ހޯދާ