އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅިވަރު އެކުވެނީ އުޞޫލް އިސްލާހްކޮށް އާނމުކުރުން

އދ. ފެންފުށީ ކައުންސިލްގެ 4 ވަނަ ދައުރުގެ 49 ވަނަ އާނމު ބައްދަލުވުމުން ފާސްކޮށްފައިވާ، ފެންފުށީ ކުޅިވަރު އެކުވެނި އަދި ފުޓްސަލްދަނޑު އެކި އެކި ބޭނުންތަކަށް ބޭނުންކުރުމާއި ދޫކުރުމުގެ އުޞޫލް މި އިއުލާނާއި އެކު އާންމު ކުރީމެވެ.

މި އުޞޫލްގެ 1 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ކުޅިވަރު އެކުވެނީގައި މެޗު ކުޅުމަށް އެދޭ ޓީމްތައް މިކައުންސިލްގެ އިދާރާގައި ރަޖިސްޓަރީ ކުރެއްވުމަށް ދަންނަވަމެވެ. 06 ޖޫން 2022 ވާ ހޯމަ ދުވަހުންފެށިގެން، މި އުޞޫލްގެ 1 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން މިކައުންސިލްގެ އިދާރާގައި ރަޖިސްޓަރީ ނުކުރާ ޓީމްތަކަށް މެޗު ކުޅުމަށް ދަނޑު ދޫކުރުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

01 ޖޫން 2022
ހޯދާ