ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ޗާޕް މެޝިނެއް ހޯދުމަށް

 

އިމްތިހާނު ކަރުދާސް ޗާޕުކުރާނެ މެޝިނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

 

  1. އިމްތިހާން ކަރުދާސްތައް ޗާޕްކުރުމަށް، މި އިއުލާނާއެކު އެޓޭޗްކުރެވިފައިވާ ސްޕެސިފިކޭޝަން ޝީޓާއި އެއްގޮތް، ޗާޕު މެޝިނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް، 2022 ޖޫން 01 ން 2022 ޖޫން 08 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް "ބިޑް ރަޖިސްޓްރީ ފޯމު" (ލިންކު:  https://forms.gle/jnsbjipXqG1VFKAWA ) މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
  4. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  5. މި ޕްރޮޖެކްޓާ ގުޅޭ އިތުރު މައުލޫމާތު ދިނުން 2022 ޖޫން 06 ވާ ހޯމަ ދުވަހު 10.00 ގައި މި ޑިޕާޓްމަންޓް ހިނގަމުންދާ ހ.އަސްރަފީވިލާ 03 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައި އޮންނާނެއެވެ.
  6. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޖޫން 01 ން 2022 ޖޫން 07 ވަނަ ދުވަހުގެ  12:00 ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  7. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައިމި ޑިޕާޓްމަންޓް ހިނގަމުންދާ ހ. އަސްރަފީވިލާ 03 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ. 
  8. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  9. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލް މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންގެ ފޯން:  4003967  /7912293 / 7533006 އިން ލިބިވަޑައިގަންނަވާނެއެވެ.

                         01 ޛުލްޤައިދާ 1443

01 ޖޫން 2022
ހޯދާ