ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
02 ފޮޓޯކޮޕީމެޝިނާއި 01 ޗާޕުމެޝިން ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިންސްޓިޓިއުޓަށް 02 ފޮޓޯކޮޕީމެޝިނާއި 01 ޗާޕުމެޝިން ގަންނަން ބޭނުންވެއެވެ.        

ވީމާ، ފޮޓޯކޮޕީމެޝިން ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

22 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 11:00 އަށް

25 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3012369 ނަންބަރު ފޯނާއެވެ.

20 ޛުލްޤަޢިދާ 1435

15 ސެޕްޓެންބަރު 2014
ހޯދާ