ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޕލކ ގެ ހިއްސާދާރުންނަށް 2021 ވަނަ އަހަރުގެ ފައިދާ ދޫކުރުމާބެހޭ

އެސްޓީއޯ ޕލކ ގެ ހިއްސާދާރުންނަށް 2021 ވަނަ އަހަރުގެ ފައިދާ ދޫކުރުމާބެހޭ

 

30 މޭ 2022 ވީ ހޯމަ ދުވަހު ބޭއްވި މި ކުންފުނީގެ 2021 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި 2021 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް -/65ރ. (ފަސްދޮޅަސް ފަސް ރުފިޔާ) ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ފާސްކޮށްފައިވާތީ، 8 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް މިހާރު ރަޖިސްޓަރކުރައްވާފައިވާ ފަރާތްތަކުގެ ބޭންކު އެކައުންޓަށް، ހިއްސާގެ ފައިދާ ޖަމާކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.

ހިއްސާދާރުގެ ބޭންކް އެކައުންޓް ކުންފުނީގައި ރަޖިސްޓަރީކޮށްފައި ނުވާ ހިއްސާދާރުން "ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، cs@sto.mv އީމެއިލް އެޑްރެހަށް ފޮނުވުމަށް ދަންނަވަމެވެ. މި ފޯމް ކުންފުނީގެ ވެބްސައިޓް https://sto.mv/Downloads އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިފަދައިން ހުށަހެޅޭ ފޯމްތަކަށް، ފޯމް ހުށަހަޅުއްވާތާ ހަފްތާއެއްގެ ތެރޭގައި ހިއްސާގެ ފައިދާ ޖަމާކޮށްދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

1 ޛުލްޤައިދާ 1443

31 މޭ 2022

31 މޭ 2022
ހޯދާ