ގުޅީ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް 2022-2023 ވަނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން ކުރިޔަށްއޮތް 03 އަހަރުގެ ނިޔަލަށް (2024-2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ނިޔަލަށް) ފަހައި ދަރިވަރުންނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް، 14 މާރިޗް 2022 ވަނަ ދުވަހު ކުރި އިޢުލާން GS146/IUL/2022/08 އާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެ މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޖޫން 07 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ލިންކް (https://myoffice.gulheeschool.edu.mv/forms) މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2022 ޖޫން 08 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

މިބީލަމާ ބެހޭގޮތުން ތައްޔާރުކުރެވިފައިވާ މައުލޫމާތު ފޯމް، މަތީގައި ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކ. ގުޅީ ސްކޫލް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކ. ގުޅީ ސްކޫލް

ހިޔަލީމަގު، ކ. ގުޅި، ދިވެހިރާއްޖެ.

ފޯން: 6642512، ވައިބަރ: 7965902

އީ-މެއިލް: [email protected]

އެހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޝައްވާލް 1443

31 މޭ 2022
ހޯދާ