ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަންގެ ހުރި ބައު ތަކެތި ނީލަމުގައި ވިއްކުން

 

މި ކޮމިޝަންގެ (IUL)195-A/1/2022/8 (19 މެއި 2022) ނަންބަރު އިޢުލާނާ ގުޅިގެން 2022 މެއި 31 ވަނަ ދުވަހު ބޭއްވުނު ނީލަން ކިޔުމުގައި އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެ ވަޑައިގެންފައި ނުވާތީ އަލުން ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން  2022 ޖޫން 12 ވާ  އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި ކޮމިޝަން (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތް މަގު) ގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2022 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި ކޮމިޝަން (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތް މަގު) އަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2022 ޖޫން 12 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޮމިޝަން (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތް މަގު) އަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.  މިދުވަހު ނީލަމުގައި ނުވިކޭތަކެތި އަގު ދައްކުރުމަށްފަހު ނީލަމުގެ ބައިވެރިންގެ ޙާޟިރުގައި ކުރިއަށް ގެންދެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތުން  24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

31 މެއި 2022

30 ޝައްވާލް 1443

31 މޭ 2022
ހޯދާ