ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ހެވީޑިޔުޓީ ޕޭޕަރ ޝްރެޑަރ ހޯދަން

ކްރިމިނަލް ކޯޓަށް ހެވީޑިޔުޓީ ޕޭޕަރ ޝްރެޑަރ ހޯދަން ބޭނުންވެގެން 3 ވަނަފަހަރަށް ކުރެވުނު ނަންބަރު SP/2014/68-ފ145 (01 ސެޕްޓެންބަރު 2014) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅީ އެންމެ ފަރާތަކުންކަމަށްވެފައި، އެފަރާތުން ހުށަހެޅި އަންދާސީހިސާބު ކޯޓުގެ ސްޕެސިފިކޭޝަނަށް ނުފެތޭތީ އެ އިޢުލާން ބާޠިލުކޮށް، ހެވީޑިޔުޓީ ޕޭޕަރ ޝްރެޑަރ ހޯދުމަށް 4 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، ހެވީޑިޔުޓީ ޕޭޕަރ ޝްރެޑަރ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ 13:30 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ސެޕްޓެންބަރު 30 ވަނަ ދުވަހުގެ 13:30 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

21 ޛުލްޤަޢިދާ 1435

16 ސެޕްޓެންބަރު 2014
ހޯދާ