މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާބެހޭ

1443 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރުގެ ތެރެއިން 100 ޕަކެޓް ކަދުރު ވަނީ މިކައުންސިލަށް ލިބިފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަމްބަރ: (IUL)142-S/142/2022/116  15 މެއި 2022 އިޢުލާން ގައިވާގޮތަށް 2022 (1443) ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އުނގޫފާރު 6 ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ބެހުމަށްފަހު ބާކީ ހުރި 94 ޕެކެޓް، ބެހުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުސޫލުންނެވެ. އެގޮތުންވެސް ކޮންމެ ގޭބިސީއަކަށް ބަހާނީ 1 ޕެކެޓް ކަދުރެވެ.

ޙަވާލުވުމަށް 31 މެއި 2022 ވާ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު ރަސްމީ ދުވަސްތަކުގައި ހެނދުނު 08:45 އިން 13.00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެންނެވުމަށް ދަންނަވަމެވެ.

ވީމާ،  ބަޔާންކުރެވިފައިވާ މުއްދަތުގެ ތެރޭގައި ކަދުރާ ޙަވާލުވުމަށް ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

30 މޭ 2022
ހޯދާ