މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް ކެޕްޓަން

އިޢުލާނު

 

މަޤާމު:

ލޯންޗް ކެޕްޓަން

ބޭނުންވާ އަދަދު:

1 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހިންމަފުށީ ނަފާ ސްޕީޗް ލޯންޗް / މާލެއަތޮޅު ހިންމަފުށި ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 4000.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1500.00 ރުފިޔާ

ކޮއްތު އެލަވަންސް

މަހަކު 2400.00 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް:

މަހަކު 1000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

މީގެ އިތުރުން ކަނޑައެޅިފައިވާ އެލަވަންސް އަދި އިތުރު ގަޑި ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ލޯންޗްގެ އެންމެހައި ކަންތައްތައް ހިންމަފުށި ކައުންސިލުން އަންގަވާގޮތެއްގެ މަތީން ފަޅުވެރިންނާއި ގުޅިގެން ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް އިސްވެކުރުން.
  2. ލޯންޗްގެ އެންމެހައި ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެތި ބެލެހެއްޓުން.
  3. ހަފްތާއަކު 1 ފަހަރު ލޯންޗް އުނގުޅާ ސާފުތާހިރުކޮށް ބެލެހެއްޓުން.
  4. ލޯންޗްގައި ކުރަންޖެހޭ ހުރިހާ ދަތުރުތަކެއް ކުރަންޖެހޭ ގަޑިތަކުގައި ރައްކާތެރިކަމާއިއެކު ކުރުން.
  5. ލޯންޗްގެ އިންޖީނުގެ ކުދި ކުދި މައްސަލަތައް ރަގަޅުކޮށް، ފިލްޓަރ އަދި ތެޔޮބަދަލުކޮށް ސާފުކޮށް، ތެޔޮއަޅާ ޤަވާޢިދުން ބެލެހެއްޓުން.
  6. ލޯންޗް ދަތުރަށް ފުރަންވުމުގެ ކުރިއަށް ފަޅުވެރިންނަށް އެކަން އެންގުން.
  7. ރަށެއްގެ ބަނދަރުގައި ލޯންޗް އޮންނައިރު ލޯންޗް ބެލެހެއްޓުމަށްޓަކައި މަދުވެގެން އެކަކު ލޯންޗްގައި މަޑުކުރާގޮތަށް ހަމަޖެއްސުން.
  8. ލޯންވް އެހެލާ ބޭލުމުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.
  9. މޫސުމަށް ބަލައިގެން ލޯންޗަށް ގެއްލުމަށް ނުލިބޭފަދަ ގޮތަކަށް ވާއަޅާ ބެލެހެއްޓުން.
  10. ލޯންޗް ދަތުރުކުރާ ފަރާތްތަކުން ގެންދަވާ އެންމެހައި މުދަލާއި ތަކެތި ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  11. ލޯންޗް ގައި ދަތުރުކުރާ މީހުން ލޯންޗަށް ނުވަތަ ލޯންޗްގެ ތަކެއްޗަށް ގެއްލުމެއްދޭތޯ ބެލުމާއި ޤަވާޢިދާއި ޚިލާފުކަމެއް ކުރާތަން ފެނިއްޖެނަމަ، އެކަމެއް ހުއްޓުވާ ކައުންސިލް އިދާރާގެ ވެރިއަކަށް އެކަން އެންގެވުން.
  12. ކައުންސިލްގެ ލޯންޗުން ދަތުރުކުރާ ފަރާތްތަކަށް ކައުންސިލްގެ އުޅަނދުގައި ދަތުރުކުރުމަށް ހަމަޖެހިފައިވާ ފޯމް ލޯންޗުން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން.  
  13. މީގެ އިތުރުންވެސް ކައުންސިލް އިދާރާއިން ކުރަންޖެހޭ ކަންކަމުގައި ކައުންސިލަށް އެއްބާރުލުންދީ އެހީތެރިވުން.  

މަޤާމުގެ ޝަރުޠުތައް:

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް އޮތުން. (ސްޕީޑް ބޯޓް ދުއްވުމުގެ)

ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.

ގްރޭޑް 7 ނިންމާފައިވުން ނުވަތަ އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަން ކިޔަން އެގުން.

ކަނޑު މަތީގައި ދަތުރުފަތުރު ކުރެވޭވަރުގެ ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތެއްގައިވާ މީހަކު ކަމުގައިވުން.

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހިންމަފުށީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.) 
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ޙާޞިލް ކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން
  • ޤާބިލުކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއު ކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ ގެ 14:00 ގެ ކުރިން، މާލެއަތޮޅު ހިންމަފުށި ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުރުވާނަމަ އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 09 ޖޫން 2022 ން 23 ޖޫން 2022 އާ ދެމެދު، މާލެއަތޮޅު ހިންމަފުށި ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ކޮމިއުނިޓީ ގްރޫޕްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6642024 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. އަދި މިއީ ސިވިލް ސަރވިސްގެ ވަޒީފާއެއް ނޫނެވެ.

25 މޭ 2022
ހޯދާ