ތ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ވަގުތީ ގޮތުން ތ.އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ މީހުން ހޯދުން

  އިޢުލާން

ވަގުތީގޮތުން ތ.އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ މީހުން ހޯދުން

މިސުކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިމިވާ މައުލޫމާތާއި އެއްގޮތަށް މިސުކޫލަށް ހުށަހެޅުއްވުން އެދެން.

-    މަސައްކަތް: ތ.އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓުން.

-    މުއްދަތު: މަދުވަގެން 3 މަސް ދުވަސް ގިނަވެގެން 2023 ވަނައަހަރު ސެކިއުރިޓީ ބެލެހެއްޓުން ދާއިމީކޮށް ބަޔަކާ ހަވާލްކުރެއްވުން.

-    މުއްދަތު ގުނަންފެށުން: މުއްދަތުގުނާނީ އެއްބަސްވުމުގައި ސޮައިކުރާ ދުވަހުން ފެށިގެން.

-    ބޭނުންވާ އަދަދު: 3 (ތިނެއް)

-    އުމުރާއި ވައްތަރު: 2022 ޖޫން 01 އަށް 18 އަހަރުފުރި 2022 ޑިސެމްބަރ 31 އަށް 65 އަހަރު ނުފުރޭ ދިވެހިން.

-    ސެކިއުރިޓީ ބަލަހައްޓަންޖެހޭ ތަން: ތ.އަތޮޅު މަދަރުސާ / ތ.ގުރައިދޫ

 

އުޖޫރަދިނުމަށް ހަމަޖެހިފައިވާ ގޮތް:

-    މަަސައްކަތްކުރާ ދުވަހަކަށް 166.66 (ސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) އުޖޫރަދެވޭނީ ސްކޫލްގެ އެހެނިހެން މުވައްޒަފުންނަށްވެސް މުސާރަ ދޭދުވަހު ސެކިއުރިޓީ ބެލެހެއްޓުމަށް ހަމަޖައްސާ މުވައްޒަފުގެ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަށް.

-    މަސައްކަތްކުރަންޖެހޭ ދުވަހާއި ގަޑި: ދުވާލަކު 8 ގަޑިއިރު ހަފްތާއަކު 6 ދުވަސް ތ.އަތޮޅު މަދަރުސާއިން ކަނޑައަޅާާ ޝެޑިއުލްއާއި އެއްގޮަތަށް.                   

ޝަރުތުތައް:

-   2022 ޖޫން 01 ވަނަ ދުވަހަށް 18 އަހަރުފުރި 2022 ޑިސެމްބަރ 31 އަށް 65 އަހަރު ނުފުރޭ ދިވެހީންނަށްވުން.

-    ބުއްދި ސަލާމަތުން ހުރި، ގިނަވަގުތު ޑިއުޓީ އަދާކުރެވޭފަދަ މީހެއްކަމުގައިވުން.

-    ވޭތުވެދިޔަ 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރުޢީ އެއްވެސް ކޯޓަކުން ހުކުމެއްކޮށްފައިވާ މީހެއްކަމުގައި ނުވުން.

-    ވައްކަމާއި، މަސްތުވާ ތަކެއްޗާއި އަދި ބަދުއަޚުލާގީ އެއްވެސް ޢަމަލެއްގައި އަދަބެއް ލިބިފައިހުރި މީހެއްކަމުގައި ނުވުން.

-    ދިވެހި ބަހުން ރަނގަޅަށް ލިޔަން ކިޔަން އެނގުން.

 

މަސްއޫލިއްޔަތުތަކާއި ވާޖިބްތަކުގެ ޙުލާޞާ.

1- މިސްކޫލުން ކަނޑައަޅާ ގޮތެއްގެ މަތީން ތަނުގެ ސެކިއުރިޓީ ބެލެހެއްޓުން.

2- ޑިއުޓީގައި ހުންނައިރު ސްކޫލުން އަންގާ (ޤާނޫނާއި ގަވާޢިދާއި ޚިލާފުނުވާ) ސްކޫލުގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.

3-  މިސްކޫލުން އަންގާގޮތެއްގެ މަތީން ޑިއުޓީވަގުތުގައި ތަނުގައި ދިއްލާފައި ބަހައްޓަންޖެހޭ ލައިޓްތަކާއި ނިއްވަންޖެހޭ ލައިޓްތައް ދިއްލުމާއި ނިއްވުން.

4-  މިސްކޫލުން އަންގާގޮތެއްގެ މަތީން ސްކޫލް ދިޔަޔާއި ދިވެހި  ދައުލަތުގެ ދިދަ ނެގުމާއި ބޭލުން.

5-  މިސްކޫލުން ދޭ އިރުޝާދާއި އެއްގޮތަށް ތަނުގައި ތަޅުލާފައި ބަހައްޓަންޖެހޭ ތަންތަނާއި ހުޅުވާފައި ބަހައްޓަންޖެހޭ ތަންތަން ބެލެހެއްޓުން.

6-  މިސްކޫލުން ދޭ އިރުޝާދާއި އެއްގޮތަށް މިސްކޫލްގެ ގޯތިތެރެއަށާއި ސްކޫލްގެ ކުރިމަތީ މަގުމައްޗަށާއި އަދި ބަގީޗާގަސްތަކަށް ފެންޖެހުން.

7-  މިސްކޫލުންދޭ އިރުޝާދާއި އެއްގޮތަށް ޑިއުޓީވަގުތުގައި ސްކޫލް ގޭޓްތައް ހުޅުވައިދިނުމާއި ލެއްޕުން.

8-  ވިއްސާރައިގެ ސަބަބުން ތަނުގައި ފެންބޮޑުވެ ޢިމާރާތުގެ އެތެރެއަށް ފެންވަދެދާނެކަމަށް ލަފާކުރެވޭނަމަ، އެކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.

9-  ސްކޫލުން ކަނޑައަޅާފައިވާ ޑިއުޓީގަޑިތަކަށް ސްކޫލަށް ހާޟިރުވެ ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ޢަމަލުކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-  ގުޅޭދާއިރާއިން ހޯދާފައިވާ ތަޢްލީމީ ސެޓްފިކެޓްތަކަށް.

2-  ގުޅޭދާއިރާއިން ހޯދާފައިވާ ތަމްރީންނާއި ތަޖުރިބާތަކަށް.

3-   އިންޓަރވިއު.

 

      އިންޓަރވިއު އޮންނާނޭތަނާ މުއްދަތު:

            އިންޓަރވިއު އޮންނާނީ 2022 ޖޫން 15 ން 18 ގެ ނިޔަލަށް މިސްކޫލުގައެވެ. ( ވަޒީފާއަށްއެދޭ ފަރާތްތަކުން އިންޓަރވިއުގެ މުއްދަތުގައި މިރަށުގައި ތިއްބެވުން އެދެމެވެ.)

     މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

-     މިސްކޫލުން ދޫކުރާފޯމް ފުރުމަށްފަހު ހުށަހަޅަންޖެހޭ ތަކެއްޗާއެކު، 2022 ޖޫން 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރީން ތ.އަތޮޅު މަދަރުސާއަށް އޮފީހަށް ހުށަހެޅުން. ނުވަތަ [email protected] އަށް މެއިލް ކުރުން. މެއިލް މެދުވެރިކޮށް ސްކޫލަށް ފޮނުވާ ތަކެތި ހަމައަށް ފުރިހަމައަށް ލިބުނުތޯ ކަށަވަރު ކުރުމަކީ އެދޭފަރާތުގެ މަސްއޫލިއްޔަތެކެވެ.

-      މިވަގުތުގެ ފަހުން ފޮނުޥާ ފޯމްތައް ބަލައެއް ނުގަނެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (މިއިދާރާއިން ފޯމް ލިބިވަޑައިގަންނަވާނެ)

2-  ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

3-  ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

4-  ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް. ސިވިލްސާރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޞިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.

5-  ޕޮލިސްކްލިއަރެންސް ރިޕޯޓް.

 

  ނޯޓު: މިޢުލާނުގައި ދެންނެވިފައިވާ މަސައްކަތައް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަރވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ. އެކަން ކަށަވަރު ކުރާނީ، އިންޓަރވިއުއަށް އެމީހަކު ޙާޟިރުވާއިރު އެލިޔުންތަކުގެ އަޞްލު ގެނެސް ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަމަށް ކަށަވަރުކޮށް މިއިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީޚް ޖަހައިގެންނެވެ. މިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ތ،އަތޮޅު މަދަރުސާގެ 7777023 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ. 

 

31 މޭ 2022
ހޯދާ