ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަނގަކުރުމާއި ގުޅޭ

1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަނގަ ކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ތިރީގައިވާ ކުޅިވަރުތަކުގައި ބައިވެރިވާން ބޭނުންވާ މުއައްސަސާތަކަށާއި، އާއްމުފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، 1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، 9 ޖޫން 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެއްކަރުދާސް ކުރެވިފައިވާ އެޕްލިކޭޝަން ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

ހިމެނޭ ކުޅިވަރުތައް

  1. ފެތުމުގެ ރޭސް
  2. ވާދެމުން
  3. މަންޑި ކުޅުން
  4. ފޯރިގަދަ ކުޅިވަރުތައް

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 7331336 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

30 މޭ 2022
ހޯދާ