ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
މި މުއައްސަސާގައި ބޭނުންކޮށްފައިވާ 167 އައި.ޓީ އައިޓަމެއް ނީލަމުގައި ވިއްކާލުން

ނީލަންކިއުން

 

      މި މުއައްސަސާގައި ބޭނުންކޮށްފައިވާ 167 އައި.ޓީ އައިޓަމެއް ނީލަމުގައި ވިއްކާލުމަށް ކުރެވުނު މި މުއައްސަސާގެ ނަންބަރު 003171-M(F3)/IUL/2022/ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް މި ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން ހުޅުވާލަމެވެ.

 

1-      ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.

2-      ނީލަން ކިއުމަށް ކަނޑައެޅިފައިވަނީ 167 ލޮޓަކަށް ބަހާލެވި ލޮޓުތަކަށް ދެވިފައިވާ އަގުތަކަށެވެ.

 

       ވީމާ، ޝައުގުވެރި ވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން އަމަލުކުރަމުން ގެންދިއުމަށް ދަންނަވަމެވެ.

30 މެއި 2022 މ.

30 މޭ 2022
ހޯދާ