ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް 2022 ފުޓްސަލް މުބާރާތާއި ގުޅޭ

"ކައުންސިލް ކަޕް" ގެ ނަމުގައި މިކައުންސިލުން ދެ ޖިންސަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް 2022 ޖުލައި 22 ން 31 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މިމުބާރާތަކީ ހޯނޑެއްދޫ ޓީމުތަކުގެ އިތުރުން ކައިރި ރިސޯޓް ތަކަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިމުބާރާތް ބޭއްވުމުގެ އެންމެބޮޑު މަޤުސަދަކީ ހޯނޑެއްދޫ ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއި، ވާދަވެރި ރޫޙެއްގައި ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

                        ވީމާ، މިމުބާރާތުގައި ބައިވެރިވުމަށްއެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު 2022 ޖުލައި 7 ވަނަ ދުވަހުގެ ކުރިން ކައުންސިލް އިދާރައަށް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި ހިންގާ ޤަވާއިދު މިކައުންސިލުނާއި ކައުންސިލްގެ ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.

                           މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840015 އަށެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.

                           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 މޭ 2022
ހޯދާ