މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލި ދޫކުރުމުގެ އުޞޫލަށް ބަދަލު ގެނައުން

(IUL)321/321/2022/94 :ނަންބަރު

އިޢުލާނު

ވެލި ދޫކުރުމުގެ އުޞޫލަށް ބަދަލު ގެނައުން

 ވެލި ދޫކުރުމުގައި މި ކައުންސިލުން ފާސްކޮށް މިހާރު ޢަމަލުކުރަމުންދާ، "ތުޅާދޫ ހިއްކިބިމުގެ ސަރަޙައްދުން ވެލިދޫކުރުމާއި، ބޭނުންކުރުމުގައި ޢަމަލުކުރާ އުޞޫލު" އަށް، 2022  މޭ 26 ގައި ބޭއްވުނު ކައުންސިލްގެ 04 ވަނަ ދައުރުގެ 76 ވަނަ ޢާއްމު ބައްދަލުވުމުން ވަނީ ބަދަލު ގެންނަވާފައެވެ.

މި އުޞޫލަށް ގެނެވުނު ބަދަލުތައް މި އިޢުލާނާއެކު ޢާއްމުކުރަމެވެ. އަދި ވެލި ބޭނުންވާ ފަރާތްތަކުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އާއި 13:00 އާ ދެމެދު ކައުންސިލް އިދާރާއަށް ދުރުވެ ވެލި ޗިޓް ހެއްދެވުމުން، ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ވެލި ދޫކުރަމުން ގެންދާނެވާހަކަ ދެންނެވީމެވެ.  

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

25  ޝައްވާލު   1443

26 މޭ 2022
ހޯދާ