ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 – 2023 ވަނަ އަހަރު ބޭބީ ނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވެއްދުމާ ގުޅޭ

2022 – 2023 ވަނަ އަހަރު ބޭބީ ނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބޭބީނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވެއްދުމުގެ އުޞޫލު ތިރީގައި މިވަނީއެވެ.

 

ގްރޭޑް

2022 – 2023 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރު ފުރާ

ބޭބީ ނާސަރީ

01 އޮގަސްޓް 2022 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ދަރިވަރުން

ނާސަރީ

01 އޮގަސްޓް 2022 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ދަރިވަރުން

 

       ވީމާ ބޭބީ ނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވައްދަން އެދޭ ފޯރމް ކައުންސިލް އިދާރާއިން ނެންގެވުމަށްފަހު 15 ޖޫން 2022 ވާ ބުދަ ދުވަހުގެ 14.00 ގެކުރިން ފޯރމް ހުށަހެޅުއްވުން އެދެމެވެ. ފޯރމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10.30 ން 14.00 އާއި ދެމެދެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                              

                                                      30 މެއި 2022

 

30 މޭ 2022
ހޯދާ