މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕާރކިންގ ސްލޮޓް ތަކުގެ މަހު ފީ އަށް ބަދަލު ގެނައުމާގުޅޭ

މާލޭސިޓީ ކައުންސިލުން ޕާކިންގ ސްލޮޓް ދޫކުރަމުން ދިޔައިރު ކޮވިޑްގެ ޙާލަތާ ގުޅިގެން އަގަށް ބަދަލުތަކެއް ގެނެވިފައި ވެއެވެ. ނަމަވެސް ޙާލަތު ބަދަލުވުމާއި ގުޅިގެން 27 އޭޕްރީލް 2022 ގައި ބޭއްވި މާލޭ ސިޓީކައުންސިލްގެ 47 ވަނަ ޢާއްމު ޖަލަސާގައި (NINMUN)425/2022/47) މަޝްވަރާ ކުރެވި (މާލޭގެ އެކި ސަރަހަށްދުން އެކިފަހަރުމަތިން އެކިފަރާތްތަކަށް ކުއްޔަށް ދޫކުރާ) ޕާރކިންގ ސްލޮޓްތަކަށް މިހާރު ނަގަމުން އަންނަ ފީ އަށް ބަދަލުގެނައުމަށް ނިންމާފައިވާ ގޮތް ތިރީގައި އެވަނީއެވެ.

  • ޕްރައިވެޓް ކާރު

1- ނަގަމުން އަންނަ އަގު: މީލާދީ ކޮންމެ މަހަކަށް =/1000ރ (އެއްހާސް ރުފިޔާ)

2- 1 ޖޫން 2022 ން ފެށިގެން މީލާދީ ކޮންމެ މަހަކަށް =/1500ރ (އެއްހާސް ފައްސަތޭކަ ރުފިޔާ)

 

  • ޓެކްސީ (4 ފުރޮޅުލީ  ރީނދޫބޯޑު ޖެހި ވެހިކަލްތައް)

1- ނަގަމުން އަންނަ އަގު: =/750ރ (ހަތްސަތޭކަ ފަންސާސް ރުފިޔާ)

2- ބަދަލު ކުރެވުނު އަގު: =/750ރ (ހަތްސަތޭކަ ފަންސާސް ރުފިޔާ)

ވީމާ ސޮއިކުރެވޭ އެއްބަސްވުން ތަކުގެ ދަށުން ދޫކުރެވޭ ޕާރކިންގ ސްލޮޓް ތަކަށާ، މުއްދަތު އިތުރު ކުރެވޭ އެއްބަސްވުން ތަކުގެ ދަށުން ދޫކުރެވޭ ޕާރކިން ސްލޮޓްތަކުގެ އަގު ނެގުމާމެދު މާލޭސިޓީ ކައުންސިލްގެ ޢާއްމު ޖަލަސާއިން ނިންމި ގޮތުގެ މަތިން 1 ޖޫން 2022 ން ފެށިގެން އަގު ނަގަމުން ގެންދާނޭކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

30 މޭ 2022
ހޯދާ