އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް
ދިވެހިރާއްޖެ
ސީ.އޭ. މޯލްޑިވްސްގެ އައު އޮފީސް އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް

      ކ.މާލެ

        ދިވެހިރާއްޖެ


ނަންބަރު: (IUL)484/PRIV/2022/6

އިޢުލާން

 

ސީ.އޭ. މޯލްޑިވްސްގެ އައު އޮފީސް އިމާރާތުގެ މަރާމާތްކުރުމުގެ މަސައްކަތް

 

ސީ.އޭ. މޯލްޑިވްސްގެ އައު އޮފީސް އިމާރާތުގެ މަރާމާތުގެ މަސައްކަތް، މި އޮފީހުގެ ކުރެހުންތަކާއި އެއްގޮތަށް, ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން، މި އިންސްޓިޓިއުޓްގެ ފަރާތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް، 5 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ.

މި ބައްދަލުވުން އޮންނާނީ، އޮޑިޓަރ ޖެނެރަލްގެ އޮފީސް، ޣާޒީ ބިލްޑިންގ، 1 ވަނަ ފްލޯރ ގައެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެެއިން، އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް ތިރީގައިވާ ރެޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

https://forms.gle/5UNfzioHVdkkaX71A

  • ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާފަރާތަކަށް ވުމާއި އެކު، މަސައްކަތާ ގުޅޭ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވުުން.
  • ފާއިތުވެދިޔަ 3 އަހަރު މި މަސައްކަތާއި ގުޅޭ، މަދުވެގެން 3 މިލިއަން ރުފިޔާގެ އަގުހުރި  ޕްރޮޖެކްޓްތައް ނިންމާފައިވާ ފަރާތެއް ކަމުގައިވުން.   

މި މަސައްކަތުގެ ބިޑް ހުށަހެޅުން އޮންނާނީ 15 ޖޫން 2022 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގައެވެ. 

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިންކް މެދުވެރިކޮށް ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

29 ޝައްވާލް 1443

30 މެއި 2022

 
 
30 މޭ 2022
ހޯދާ