މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިންޑޯ ޖިމަށް ބޭނުންވާ އިންސްޓްރަކްޓަރުން ( އަންހެން / ފިރިހެން ) ތަމްރީނުކުރުން

އިޢުލާން

ކައުންސިލްގެ އިންޑޯރ ޖިމަށް ބޭނުންވާ އިންސްޓްރަކްޓަރުން  (އަންހެން / ފިރިހެން) ތަމްރީނުކުރުން

         ދުޅަހެޔޮ މުޖުތަމައެއްގެ ވެރި ބަޔަކަށް ޒުވާނުންނާއި ރައްޔިތުން ހެދުމަށްޓަކައި ރަށުގައި ކައުންސިލްގެފަރާތުން ޤާއިމުކުރާ އިންޑޯ ޖިމް  ހިންގުމަށް ބޭނުންވާ  ދެޖިންސުގެ އިންސްޓްރަކްޓަރުން ތަމްރީނު ކުރަން ބޭނުންވެއެވެ. މިގޮތުން ބޭނުންވަނީ، ގިނަވަޤުތު ޚިދުމަތް ދެވޭނެ ފަދަ ދުޅަހެޔޮ ޞިއްހަތެއްގައި ހުރި ( އަންހެން 1 ، ފިރިހެން 1 ) އިންސްޓްރަކްޓަރ އެކެވެ. އަދި ތަމްރީނު ވުމަށް ދާންޖެހެނީ މާލެއަށް ކަމަށްވާތީ މާލެ ދިއުމާއި އެބުރިއައުމުގެ ދަތުރު ޚަރަދު އަދި ކެއުމަށް ކަނޑައެޅޭ އުޞޫލުން ފައިސާ ދެވޭނެއެވެ. ތަމްރީނު ވުމަށް ކަނޑައެޅޭ މުއްދަތުގައި  ތަމްރީނު ފުރިހަމަކުރުމާއެކު މަދުވެގެން 1 އަހަރު ކައުންސިލަށް ޚިދުމަތް ކޮށްދެއްވަން ޖެހޭނެއެވެ. މިގޮތުން ޚިދުމަތް ކުރާއިރު ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން އެލަވަންސް ހަމަޖައްސައި ދެވޭނެއެވެ.  

         ވީމާ މިކަމަށް ޝަވްޤުވެރިކަން ހުންނަ ފަޜާތްތަކުން 06 ޖޫން 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަނަވަރު ބަޔާންކޮށް އައި ޑީ ކާޑުގެ ކޮޕީއާއެކު، ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އިންސްޓްރަކްޓަރުން ތަމްރީނުކުރަން ނަން ހުށަހެޅުމުގެ ފުރުސަތު ކުންފުނިތައް، އަދި ކުލަބް ޖަމުޢިއްޔާ ޖަމާޢަތްތަކަށްވެސް ހުޅުވާލެވިފައިވާތީ މިމުއްދަތަށް ހުށަހެޅުއްވުން އެދެމެވެ.

         ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

29 މޭ 2022
ހޯދާ