ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފިޔޯރީ ބަނދަރު ސަރަޙައްދުން ކުލީބިމުގެ ގޮތުގައި 2 ބިން ދޫކުރުމަށްކުރި ނަންބަރ (IUL)422/422/2022/37 ޢިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ ޢިއުލާން ބާތިލްކޮށް އަލުން ޢިއުލާން ކުރަމެވެ

ގދ.ފިޔޯރީ ބަނދަރު ސަރަޙައްދުން ކުލީބިމުގެ ގޮތުގައި 2 ބިން ދޫކުރުމަށްކުރި ނަންބަރ (IUL)422/422/2022/37 ޢިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ ޢިއުލާން ބާތިލްކޮށް އަލުން ޢިއުލާން ކުރަމެވެ

 

ގދ.ފިޔޯރީ ބަނދަރުސަރަހައްދުން، އާއްމު ވިޔަފާރިކުރުމަށް 2 ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމައި، ކުލީބިމަށް އެދޭ ފަރާތްތަކުން ބިމަށްއެދި ހުށައެޅުމަށް އާއްމުކޮށް ފުރުސަތު ހުޅުވާލަމެވެ.

ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީކުރުމަށް 05 ޖޫން 2022 ނިޔަލަށް އެއްކަރުދާސް ކުރެވިފައިވާ ރެޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ  09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ހޯލުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 07 ޖޫން 2022  ވާ އަންގާރަ  ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން  [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މުއްދަތަށް ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

29 މޭ 2022
ހޯދާ