ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލައް ސިޓީ ފުނާޑު، މާލެގަން އަދި ހޯދަޑު އަވަށުގެ ހަދާފައިވާ ފުޓްސަލްދަނޑުގެ ފެންސް ޖެހުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

  1. ފުވައްމުލައް ސިޓީ ފުނާޑު، މާލެގަން އަދި ހޯދަޑު އަވަށުގެ ހަދާފައިވާ ފުޓްސަލްދަނޑުގެ ފެންސް ޖެހުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 30 މެއި 2022 އިން 5 ޖޫން 2022  އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.
  3. ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  6 ޖޫން 2022 ވާ ހޯމަ ދުވަހުގެ 10:00 ގައި ކައުންސިލްގެ މީޓިންގް ރޫމްގައެވެ. މި ބައްދަލުވުމުގައި މަސައްކަތާއި ގުޅޭ މައުލޫމާތުގެ ބީލަންފޮތް ހަވާލުކުރެވޭނެއެވެ.
  4.  ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 13 ޖޫން 2022 ވާ ހޯމަ ދުވަހުގެ 10:00 ގައި  ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. (ބިޑް ސަބްމިޓް ކުރެވޭނީ މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކާއި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވާ ފަރާތްތަކަށް އެކަންޏެވެ.)
  5. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 12 ޖޫން 2022  ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 12 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން:  6862830

އީމެއިލް: [email protected]

28 ޝައްވާލް  1443

29 މެއި 2022

29 މޭ 2022
ހޯދާ