ހައްދުންމަތީ އިސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ކޯޓް އޮފިސަރ

 

ހައްދުންމަތީ އިސްދޫ މެޖިސްޓްރޭޓް ކޯޓް

     އިސްދޫ

    ދިވެހިރާއްޖެ

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

ނަންބަރު:O1MC-A/2022/01

 

ތާރީޚް: 29 މެއި 2022

މަޤާމު

ކޯޓް އޮފިސަރ

ރޭންކް: ޖީ.އެސް 3

އަދަދު

01

މަޤާމުގެ ކްލެފިކޭޝަން

އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/4465 ރުފިޔާ

 

މިމަޤާމަށް ލިބޭ އެލަވަންސް

-    ޖުޑީޝަލް އެލަވަންސް: -/893 (މުސާރައިގެ %20)

-    ސާރވިސް އެލަވަންސް: -/1500

-    ލިވިންގ އެލަވަންސް: -/2550

-    ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

-    ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ

 

 

 

  އަސާސީ ޝަރުތު

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކެންޑަރީ ސްކޫލް' އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ'
  2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

 

 

 

  އެހެނިހެން ޝަރުތު

  • މިވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.
  •  އަދި،ވަޒީފާއިން މުސްކުޅިކުރުމުގެ އިޙްތިޔާރުލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

 

 

 

 

 

 

 

 

 

މަޤާމުގެ މަސްޢޫލިއްޔަތުތައް

  • ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ކޯޓުގައި ރަޖިސްޓްރީކުރެވޭ މައްސަލަތަކާގުޅޭ ލިޔެކިޔުންތައް ކަމާގުޅުންހުރި ފަރާތްތަކަށް ރައްދުކުރުމުގެ މަސައްކަތް ޗީފް އެޑްމިނިސްޓްރޭޓަރ އަންގަވާގޮތެއްގެ މަތިން ކުރުން.
  • ޝަރީޢަތުގެ މަޖިލީހުގައި ނެގޭ ބަޔާންތަކާއި މައްސަލައާ ގުޅިގެން ކޯޓަށްލިބޭ ލިޔެކިޔުންތައް މެޖިސްޓްރޭޓްގެ އިރުޝާދުގެ ދަށުން ފައިލްކޮށް ބެލެހެއްޓުން
  • ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން ޙާޟިރުވާ މީހުންގެ ޝަރީޢަތުގެ މަޖިލިސް ތައްޔާރުކޮށް މެޖިސްޓްރޭޓުން އަންގަވާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން.                             
  • ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާމެދު ނިންމި ގޮތް އަންގާ ލިޔުން ކަމާ ގުޅުން ހުރި ފަރާތްތަކަށް މެޖިސްޓްރޭޓާއި، ޗީފް އެޑްމިނިސްޓްރޭޓަރ އަންގާ ގޮތެއްގެ މަތިން ރައްދު ކުރުން
  • ކޯޓުން ހުކުމްކުރާ މައްސަލަތަކުގެ ހުކުމް ކޯޓުގެ ވެބްސައިޓްގައި ޝާޢިރުކުރުން
  • ކޭސްމެނޭޖްމެންޓް ސިސްޓަމް ތެރެއިން ޝަރީއަތާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން
  • ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގާ މައްސަލަތަކާ ގުޅޭ އެންމެހާ އިންތިޒާމްތައް މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ހަމަޖެއްސުން
  • ބަނޑޭރި ޕޯޓަލް ތެރެއިން ކުރަންޖެހޭ ފައިސާ އާ ގުޅޭ މަސައްކަތްތައް ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފާގެ މަތިން ކުރުން
  • ފައިނޭންސް އެޕްލިކޭޝަން ތެރެއިން ކުރަންޖެހޭ ފައިސާއާ ގުޅޭ މަސައްކަތްތައް ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފާގެ މަތިން ކުރުން
  • ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފާގެ މަތިން ކްލަސްޓާރގައި ހިމެނޭ ކޯޓުތަކުގެ މުވައްޒަފުންގެ މުސާރަސީޓް ތައްޔާރުކުރުން
  • ކޯޓުން ކުރަންޖެހޭ ދަތުރުތައް ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތީން އިންތިޒާމްކޮށް ދަތުރުތަކުގެ ރެކޯޑުތައް ޤަވާޢިދުން ބެލެހެއްޓުން.
  • ނީލަންޕޯޓަލް މެދުވެރިކޮށް ކޯޓުގެ ހަރުމުދަލާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފާގެ މަތިން ޕްރިކިއުމަންޓާ ގުޅުންހުރި ކަންކަން ކުރުން
  • ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފާގެ މަތިން ކްލަސްޓާރގައި ހިމެނޭ ކޯޓުތަކަށް އިދާރީ ގޮތުން އެހީތެރިވުން
  • މީގެ އިތުރުންވެސް ވެރިން ހަވާލުކުރާ ރަސްމީ މަސައްކަތްކުރުން.

ތަޢުލީމީ ރޮނގު

ޝަރީޢަތާއި ޤާނޫނު / އެޑްމިނިސްޓްރޭޝަން / އައިޓީ / މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޝަރީޢާ / ޝަރީއަތާއި ޤާނޫނު / އިންފޮމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި

1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.

3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.

6. ލލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

7. ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.

8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމަކާއެކު ސެޓްފިކެޓް ހުށަހެޅުން.

10. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެފިކޭޝަނާއި، ރޭންކް،މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

 

     ސުންގަޑި

މިމަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 07 ޖޫން 2022 ވަނަ ދުވަހުގެ 13:30ގެ ކުރިންޝަރުޢީ ދާއިރާގެ ވަޒީއަށް އެދި ހުށަހަޅާ ފޯމް ފުރުމަށްފަހު މިކޯޓަށް ފޯމް ހުށަހެޅުން އެދެން.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިކޯޓުން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • މެއިލް ކުރައްވާނީ :[email protected] އަށެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6800636
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.

ކޮންމެ ވަގުތެއްގައި މަސައްކަތަށް ނިކުންނަށް ޖެހުނު ކަމުގައިވިނަމަވެސް ވަޒީފާއަށް ނުކުމެވޭނެ ފަރާތަކަށްވުން އެހެން އިދާރާއެއްގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތެއްނަމަ އެފަރާތުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތުގެ އަޚްލާޤަށް ރިޢާޔަތްކުރެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

 
 

ކޮމްޕިޓަންސީ ދާއިރާ

  މާކްސް ކަނޑައެޅިފައިވާ އިންސައްތަ(%)

 ލިބިފައިވާ ތަޢުލީމް

            30%

 މަސައްކަތު ތަޖުރިބާ

            10%

މަސައްކަތަށް ބޭނުންވާ ހުނަރު (ޕްރެކްޓިކަލް ޓެސްޓް)

            10%    

 ލިބިފައިވާ ހުނަރާއި ސިފަތައް (އިންޓަވިއު)

            50%

 

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

 

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
  • އިނގެރޭސިބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖް، ކޮރަލްޑްރޯ އަދި ޕަވަރ ޕޮއިންޓް ފަދަ ޕްރޮގްރާމްސްތަކާއި، މަސައްކަތާ

ގުޅުންހުރި ސޮފްޓްވެއަރތަކަށް އަހުލުވެރިފަރާތެއް ކަމުގައިވުން.

  • އެހެން އިދާރާއެއްގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތެއް ނަމަ އެފަރާތުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތުގެ އަޚްލާޤަށް ރިޢާޔަތްކުރެވޭނެއެވެ.
29 ޖޫން 2021
ހޯދާ