މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
02
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
ފައިނޭންސް ޑިޕާޓްމަންޓް / ރެވެނިއު ސެކްޝަން
|
ގްރޭޑް:
|
04
|
ސްޕައިން ޕޮއިންޓް:
|
18
|
މުސާރަ:
|
މަހަކު 5,956.80 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 2,552.92 ރުފިޔާ
|
ޢިނާޔަޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އެންޓްރީ ނަގައި ރެވެނިއު ސެކްޝަންގެ އެންޓްރީ އަޕްޑޭޓްކޮށް، ސިޓީތަކަށް ޖަވާބު ދިނުމާއި އެހެނިހެން ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން
- ޔުނިވަރސިޓީގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތިން، ކޯސް ފީ އާއި ލިބޭ ފައިސާ ބަލައިގަތުމާއި، ބެލެހެއްޓުމާއި، ރިސިޕްޓް ތައްޔާރުކުރުމާއި އަދި ރިފަންޑު ދޫކުރުން
- ޔުނިވަރސިޓީއަށް ލިބޭ އާމްދަނީގެ ދުވަހު ހިސާބާއި، މަހު ހިސާބާއި އަދި އަހަރީ ހިސާބު ބަލަހައްޓައި، އާމްދަނީއާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން
- ތިޖޫރީ ހިސާބުބެލެހެއްޓުމާއި ތިޖޫރީ ހިސާބުތައް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.
- ޔުނިވަރސިޓީގެ ފައިސާ ބަލައިގަންނަ ނިޒާމް ތައް (ޕަވަރ ކެމްޕަސް) ފަދަ ނިޒާމްތަކަށް އަހުލުވެރިވެ އޭގެ ތަމްރީނުތައް ފުރިހަމަކުރުން
- ޔުނިވަރސިޓީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އިންވޮއިސް ތައްޔާރުކޮށް، އިންވޮއިސް ކުރެވިފައިވާ ތަންތަނަށް މުއްދަތު ހަމަވުމުން ގުޅައިގެން ފައިސާ ހޯދަން މަސައްކަތް ކުރުން
- އަތޮޅުތަކުން ލިބޭ ފައިސާ ޕަވަރކެމްޕަސް އަށް އަޅައި، ސަމަރީ ޝީޓް ތައްޔާރުކުރުން
- ފައިސާ ޖަމާކުރަން ބޭންކަށް އަށް ދިޔުން
- ކޯސްތަކުގެ ފީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާ ފެކަލްޓީ ތަކާއި މަސްތައް ވަކިން އެނގޭނޭގޮތަށް އެނުއަލް ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން
- ރެވެނިއު ސެކްޝަން ހަރުދަނާ ކުރުމަށް ޓަކައި އަޅަންޖެހ ފިޔަވަތުތައް ފާހަގަކޮށް ވެރިންނާއި އެކަން ޙިއްޞާކޮށް، އަމަލީ ގޮތެއްގައި މިކަމުގައި ޚަރަކާތްތެރިވުން
- ޤަވާއިދުން ޔައުމިއްޔާ ލިޔުމާއި، ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން
- ވެރިން އަންގަވާ ގޮތެއްގެ މަތީން އެހެނިހެން މަސައްކަތް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2022 ޖޫން 05 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-HR-2022-176
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://bit.do/JobApplicationForm-for-Locals-English
http://bit.do/JobApplicationForm-for-Locals-Dhivehi
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
|