ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ކާޅެހުއްޓާއިން 5.664 ހެކްޓަރުގެ ބިން ދަނޑުވެރިކަމަށާއި، ދަނޑުވެރިކަމުގެ އަދި މަހުގެ ބާވަތްތައް ޕްރޮސެސްކުރުމަށް ކުއްޔަށްދިނުމާގުޅޭ

ގދ.ކާޅެހުއްޓާއިން 5.664 ހެކްޓަރުގެ ބިން ދަނޑުވެރިކަމަށާއި، ދަނޑުވެރިކަމުގެ އަދި މަހުގެ ބާވަތްތައް ޕްރޮސެސްކުރުމަށް ކުއްޔަށްދިނުމަށް މިކައުންސިލުން ނިންމައި، މިކަންކުރުމަށް އެދޭ ފަރާތްތަކުން ބިމަށްއެދި ހުށަހެޅުމަށް އާއްމުކޮށް ފުރުސަތު ހުޅުވާލަމެވެ.

ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީކުރުމަށް 16 ޖޫން 2022 ގެނިޔަލަށް އެއްކަރުދާސް ކުރެވިފައިވާ ރެޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް ކޮށްދެވޭނެއެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ  26 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ހޯލުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 19 ޖޫން 2022  ވާ އާދީއްތަ  ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން  [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ކުރައްވާ އީމެއިލްތަކަށް ރަސްމީ 3 ދުވަސްތެރޭ ޖަވާބު އެރުވޭނެއެވެ. މުއްދަތަށް ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

29 މޭ 2022
ހޯދާ