ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2022 ގައި އިލެކްޓްރޯނިކް ނިޒާމް މެދުވެރިކޮށް ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކުރުން

      11 ޖޫން 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކުރުމަށް އިންތިޚާބާބެހޭ ކޮމިޓީން ނިންމާފައިވާތީ، ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު 29 މޭ 2022 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

      އެހެންކަމުން، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުން، ރަޖިސްޓްރީވުމަށްޓަކައި ކަނޑައެޅިފައިވާ ފޯމް: https://forms.office.com/r/yz4VK5UBKF  މެދުވެރިކޮށް، 29 މޭ 2022 ވާ އާދިއްތަ ދުވަހުގެ 23:59 އާ ހަމައަށް ބާ ކައުންސިލުގައި ރަޖިސްޓަރކުރެއްވުން އެދެމެވެ.

ނޯޓް: ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް 11 ޖޫން 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަގޮތުން ބާއްވާ ޢާންމު ޖަލްސާ އޮންނަ ވަގުތު ބާ ކައުންސިލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން އެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ރަޖިސްޓްރީކުރާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 30 ފަރާތަށެވެ.

26 މޭ 2022
ހޯދާ