ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. ބަނޑިދޫ ވޮލީކޯޓްގެ ސިޑިބަރިއާއި، ރޮސްޓަމްގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

ދ. ބަނޑިދޫ ވޮލީކޯޓްގެ ސިޑިބަރިއާއި ރޮސްޓަމްގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މިމަސައްކަތް ކުރުމަށް ޝައުވެރިވާ ފަރާތްތަކުން 7 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ކަނޑައެޅިފައިވާ ތާރީޚަށް ބިޑްގައި ބައިވެރިމަށްއެދި މިކައުންސިލްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މިކަމަށް އެދި ހުށަހެޅޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ 100 ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

މި އިޢުލާނާއި ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ 15 ޖޫން 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި، މިކަމަށް އެދި ހުށަހަޅާ ހުރިހާ ފަރާތެއްގެ އެއް ހާޒިރުގައި ބަނޑިދޫ ކައުންސިލްގެ އިދާރާގައެވެ. އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 07 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މޮބައިލް ނަންބަރ 7992129/9650005 އަށް ގުޅައިގެން ނުވަތަ މިކައުންސިލްގެ އީ-މެއިލް [email protected]   އަށް މެއިލްކޮށްގެން މައުލޫމާތޫ ސާފުކުރުމަށް ދަންނަވަމެވެ.

ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

26 މޭ 2022
ހޯދާ