ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2022 ގައި އިލެކްޓްރޯނިކް ނިޒާމް މެދުވެރިކޮށް ވޯޓުނެގުމާ ގުޅޭ

    11 ޖޫން 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށެވެ.

    ދިވެހި އަދި އިނގިރޭސި ބަހުން ބޭނުންކުރެވޭ ގޮތަށް ތައްޔަރުކޮށްފައިވާ މި އެޕްލިކޭޝަނަކީ، ކުންފުނިތަކުން ބާއްވާ ޢާންމު ޖަލްސާތަކުގައި ވޯޓުނެގުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ އަދި މިހާތަނަށް ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ގިނަ ޕަބްލިކު ކުންފުނިތަކުގެ އަހަރީ ޢާންމު ޖަލްސާތަކުގައި ބޭނުންކޮށްފައިވާ އިތުބާރުހިފޭ މަޤުބޫލު އެޕްލިކޭޝަނެކެވެ.

    ފަހިވޯޓު މެދުވެރިކޮށް ވޯޓުލުމަށް ބޭނުންވާ ފަހިވޯޓުގެ ވެބްސައިޓް ލިންކު، ޔޫޒަރނޭމް އަދި ޕާސްވޯޑް، ވޯޓުލުމަށްޓަކައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް، ވޯޓުލުމުގެ 1 (އެކެއް) ދުވަސް ކުރިން ފޮނުވޭނެއެވެ. އަދި އެސް.އެމް.އެސްއަށް ލިބިލެއްވި ޔޫޒަރނޭމް އަދި ޕާސްވޯޑް ބޭނުން ކުރައްވައިގެން ފަހިވޯޓް (https://fahivote.mv/) އަށް ލޮގިން ކުރެއްވުމުން އިންތިޚާބުގައި ބައިވެރިވެވޭނެއެވެ. މިގޮތަށް ފޮނުވޭ ކޮންމެ ޔޫޒަރނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން ފަހިވޯޓު އެޕްލިކޭޝަންގައި ކޮންމެ ވޯޓުލެވޭ އައިޓަމަކަށް ވޯޓުލެވޭނީ އެންމެ ފަހަރަކުއެވެ.

26 މޭ 2022
ހޯދާ