ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލ.ގަމު ރީޖަނަލް ހޮސްޕިޓަލާއި ހެލުތު ސެންޓަރުތަކުގައި ބޭނުންކުރާނެ ސްޓޮކް އެންޑް އިންވެންޓްރީ މެނޭޖްމަންޓް ސޮފްޓްވެއަރ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މި ހޮސްޕިޓަލުންދޭ މަޢުލޫމާތާ އެއްގޮތަށް ސްޓޮކް އެންޑް އިންވެންޓްރީ މެނޭޖްމަންޓް ސޮފްޓްވެއަރ އެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ އެވެ. މި ކަމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚްގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެލައްވައި، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ރަޖިސްޓްރީ ވުމަށް ބޭނުންވާ ފޯމާއި، ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެ އެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް

އަންދާސީހިސާބު ހުށަހެޅުމަށް

02 ޖޫން 2022 (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން

05 ޖޫން 2022 (އާދީއްތަ) ދުވަހުގެ 13:00 އަށް

 

އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއް ވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މި އިދާރާގެ ނަންބަރު 6800794 ފޯނަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

26 މޭ 2022
ހޯދާ